އުރީދޫގެ މޯބައިލް އެޕްލިކޭޝަން 'މައި އުރީދޫ' ބޭނުންކޮށްގެން މިރޭ 12:00 އާއި ހަަމައަށް ރިޗާޖް ކުރުމުން ނުވަތަ 500 އެމްބީ އަށްވުރެ ބޮޑު އުރީދޫ ޑޭޓާ ޕެކޭޖެއް ނެގުމުން އެ ހިދުމަތެއްގެ 50 ޕަސެންޓް ބޯނަސް އެއް ލިބިގެންދާނެ ކަަމަށް އުރީދޫއިން ބުނެފިއެވެ.

މިއީ މިނިވަން 50 އާއި ގުޅިގެން އުރީދޫން ފެށި ޕްރޮމޯޝަނެކެވެ.

މައި އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ރީޗާޖް ކުރުމާއި ޑޭޓާ ޕެކް އެކްޓިވޭޓް ކުރުމާއި ބިލްދެއްކުން ފަދަ ގިނަ ކަންތައްތައް ކުރެވޭކަމަށް އުރީދޫ އިން ބުންޏެވެ.

" މި ޚާއްސަ މުނާސަބަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްޓަކައި ތައާރަފްކުރެވުނު އޮފާ ބޭނުންކޮށްގެން ރާއްޖޭގެ އެކިހިސާބުތަކުގައިވާ އާއިލާ އާއި ގާތްތިމާގެބޭފުޅުންނާއި ގުޅުންބަދަހިކޮށް މިނިވަންދުވަހުގެ ޚާއްސަކަންތައްތައް އެކަކު އަނެކަކާއި ހިއްސާކުރުމުގައި އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރަން،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން އުރީދޫން އަންނަނީ އެހެން ޕްރޮމޮޝަންތައް ވެސް ހިންގަމުންނެވެ. އޭގެ ތެރޭގައި 'ބިގް މިލިއަން އޮފާ' ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން އުރީދޫގެ ކަސްޓަމަރުންނަށް އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ފައިސާގެ އިނާމާއި ބާރަ ހާސް ހަދިޔާ ލިބެއެވެ.