ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ އިހުތިފާލުތަކުގައި ބައިވެރިވަޑައިގެންނެވުމަށް ހަ ގައުމެއްގެ ފަސް އިއްޒަތްތެރިއަކު މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

މިއަދު ރާއްޖެއަށް ވަޑައިގެންނެވި އިއްޒަތްތެރިން

  • މޮރިޝިއަސްގެ ސިވިލް ސާވިސް މިނިސްޓަރު އެލެން ވޮން ޔެންގް

  • ޗައިނާގެ ނެޝަނަލް ޕީޕަލް ކޮންގްރެސްގެ ނައިބު ރައީސް މާޑަމް ޝެން ޔޫޔޫ
  • ޕާކިސްތާނުގެ ސްޓޭޓް އެންޑެ ފުރޮންޓިއަރ ރީޖަން މިނިސްޓަރު އަބްދުލްގާދިރު ބަލަޗް
  • އިންޑިއާގެ ހެލްތް މިނިސްޓަރު ޖޭޕީ ނައްޑާ
  • ސައުދި އަރަބިއާގެ ކެބިނެޓް މިނިސްޓަރު މަންސޫރު ބިން އަބްދުލް އަޒީޒް
  • ޖަޕާނުގެ ޕްރައިވެޓް ސެކްރެޓަރީ ފޯ ވައިސް މިނިސްޓަރް ޝިންތާރޯ ނަކާވަގާ

ޖުލައި 25، 2015: ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް ބައެއް ގައުމުތަކުގެ އިއްޒަތްތެރިން ރާއްޖެ ވަޑައިގަތުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ވަޑައިގެންނެވި އިއްޒަތްތެރިންގެ ތެރެއިން ޗައިނާގެ ޕީޕަލްސް ކޮންގްރެސްގެ ނައިބު ރައީސް މާޑަމް ޝެންޔޫޔޫއަށް އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. އަދި އިންޑިއާގެ ހެލްތު މިނިސްޓަރަށް މަރުހަބާ ވިދާޅުވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ. އަދި މޮރިޝަސްގެ ސިވިލް ސާވިސް މިނިސްޓަރް އެލެން ވޮން ޔެން އަށާއި ސަޢުދީ ޢަރަބިއްޔާގެ ކެބިނެޓް މިނިސްޓަރު މަންސޫރު ބިން ޢަބުދުލް ޢަޒީޒަށް މަރުހަބާ ވިދާޅުވީ އެމްބެސެޑަރު އެޓް ލާޖް ޢަބުދުﷲ ޙަމީދެވެ. އަދި ޕާކިސްތާނުގެ ފޮރިން ސެކްރެޓަރީ އަށް މަރުހަބާ ވިދާޅުވީ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރެވެ.

ބޭރުގެ އިއްޒަތްތެރިންގެ ތެރެއިން ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގަ އެވެ.