އަންނަ ހޯމަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުމަށް ނިންމާފައިވާ ހެވިކަމުގެ ކުޅިވަރުތައް އަންނަ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެވިކަމުގެ ކުޅިވަރުތައް އަންނަ ހުކުރު ދުވަހުގެ ރެއަށް ފަސްކުރީ މޫސުން ލަފާކުރާ ގޮތް ނޭނގޭތީ ކަމަށެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މާދަމާ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މިނިވަން 50 ގެ ކުޅިވަރުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއީ އެފަދަ އައިޓަމެއް ކެންސަލް ކުރި ފުރަތަމަ ފަހަރެވެ.