26 Jul 2015, 10:32
މަޝްހޫރު ހޮލީވުޑް ތަރި އެންޖެލީނާ ޖޯލީ ޕިޓް އާއި ނެޓްފްލިކްސް ގުޅިގެން ހަގީގީ ހާދިސާއެއްގެ މައްޗަށް ފިލްމެއް ޑައިރެކްޓް ކުރުމަށް ނިންމައިފިއެވެ.
ކެމްބޯޑިއާގެ ލިޔުންތެރިޔާ އަދި ހިއުމަން ރައިޓްސް އެކްޓިވިސްޓް، ލުންގް އަންގް 2000 ވަނަ އަހަރު ލިޔެފައިވާ ފޮތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮތުގެ މައްޗަށް ފިލްމު ތައްޔާރު ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޖޯލީ ޕިޓް ބުނީ އެ ފަދަ ފިލްމެއް ބެލުމަކީ އުނދަގޫ އަދި ހިތަށް އަސަރު ކުރާ ފަދަ ކަމެއް ކަމަށެވެ. ނަމަވެސް އެ ފަދަ ފިލްމެއް ބަލައި އެއިން އިބްރަތެއް ލިބުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ފަސްޓް ދޭ ކިލްޑް މައި ފާދާ: އަ ޑޯޓާ އޮފް ކެމްބޯޑިއާ ރެމެމްބާސް" ގެ ނަމުގައި ނެރެފައިވާ ވާހަކަ އަސްލަކަށް ބަލައިގެން ތައްޔާރު ކުރާ އެ ފިލްމު އަންނަ އަހަރު ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންނަށް ސްޓްރީމް ކުރެވޭނެއެވެ.
އެ ވާހަކަ އަމާޒުވެފައިވަނީ ލުންގް އަންގްގެ ހަޔާތުގެ މައްޗަށެވެ. އެއީ 1975 ވަނަ އަހަރުގައި ކުމާ ރޫޖް ޕާޓީގެ ވެރިކަމުގައި ކެމްބޯޑިއާއިން 2،000،000 އަށްވުރެ ގިނަ މީހުން މަރުވި އިރު އެ ހާދިސާގެ ތެރޭގައި އަންގް ސަލާމަތްވި ގޮތުގެ ވާހަކައެވެ.