މިނިވަން 50 އަށް ތަންތަން ޒީނަތްތެރިކުރުމާއި ޒީނަތްތެރިކޮށްފައި ހުރި ތަން ތަން ބަލާލުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމުގެ ގޮތުން މިއަދު ހަވީރު 5:00 އިން މިރޭ 8 ޖަހަންދެން ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓްރާސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު 'ސަން' އަށް ވިދާޅުވީ މިނިވަން 50 އަށް މާލެތެރެ ޒީނަތްތެރިކޮށްފައިވާ ތަންތަން ބަލާލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުން މަގުމަައްޗަށް ނިކުމެ އުޅޭ ކަމަށެވެ.

"ރޭ ވެސް ވަރަށް ގިނަ ބަޔަކު މަގުތަކަށް ނިކުމެ އުޅުނު އިރު ދަތިކަން އިހުސާސްކުރެވުނު. އެހެންވެ ގިނަ ބައެއްގެ އެދުމުގެ މަތިން ފައިމަގުގައި އުޅޭ ގޮތަށް މި ހަމަޖެއްސީ،" އަބްދުއްރަޝީދު ނާފިޒު ވިދާޅުވި އެވެ.

މިއަދު 5:00 އަކުން 8:00އާ ދެމެދު ސައިކަލު ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ނާޒިފު ވިދާޅުވި އެވެ.