ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ގޮތަށް، ސިވިލްސާވިސްގެ ގާނޫނަށް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވި އިސްލާހް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

މި ބިލު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން ބިލް ބަލައިގަންނަން ފެނަނަކަށް ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން، 28 މެންބަރުންނެވެ. ނަމަވެސް ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 34 މެންބަރުން ވޯޓު ދެއްވި އެވެ. ބިލް ބަލައިގަތުމަށް 32 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ.

(ތަފުސީލް އަންނަނީ)