24 Jul 2015, 16:02
ބަނގުލަދޭޝްގެ ހައްޖުވެރިން އުފުލުމުގެ އެއްބަސްވުމެއްގައި މެގަ މޯލްޑިވްސް އާއި ބަނގުލަދޭޝްގެ ގައުމީ އެއާލައިން (ބީމާން) އާއި ދެމެދު އެއްބަސްވެފައިވާ ކަމަށް ބަނގުލަދޭޝްގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އެ އެއްބަސްވުމުގެ ދަށުން ބަނގުލަދޭޝް އިން ހައްޖަށްދާ ބައެއް މީހުން ސައުދީއަށް ގެންދާނީ މެގަ މޯލްޑިވްސް އިންނެވެ. ބިމާން އިން އެގޮތަށް ނިންމީ ބަންގުލަދޭޝް އިން ހައްޖަށް ދާ މީހަށް ގިނަވެ ބިމާން އަށް އެކަނި އެ މީހުން އުފުލުމަށް ދަތިވާނެތީ އެވެ.
މެގަ މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ ޖުމްލަ 750 ގަޑި އިތުގެ ފްލައިޓް ދަތުރުތައް ކުރުމަށެވެ. އަދި ދަތުރުކުރާ ކޮންމެ ގަޑިއަކަށް 6380 ޑޮލަރު (98379 ރުފިޔާ) އެ ކުންފުންޏަށް ލިބޭނެ އެވެ. އެއްބަސްވެފައިވާ ވަގުތަށް ވުރެ އިތުރަށް ހޭދަވާ ކޮންމެ ގަޑިއަކަށް 5800 ޑޮލަރު (89436 ރުފިޔާ) މެގަ މޯލްޑިވްސް އަށް ލިބޭނެ އެވެ.
މެގަ މޯލްޑިވްސްއިން ބަންގުލަދޭޝް މީހުން ހައްޖަށްދާ ބިޑް ކާމިޔާބު ކުުރުމުން އެ ބިޑަށް ކުރިމަތިލި ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފަ އެވެ. އެ ފަރާތްތަކުން ބުނެފައި ވަނީ ބިޑް އިއުލާން ކުރީ ޑާކާ އާއި ޖިއްދާ ދެމެދު ދަތުރުތައް ކުުރުމަށް ނަމަވެސް އެހެން މަންޒިލްތަކަށް ވެސް މެގަ މޯލްޑިވްސް ފްލައިޓް ބޭނުން ކުރަން ބިންމާއިން ނިންމާފައިވާ ކަަމަށެވެ.
"މެގަ މޯލްޑިވްސް އިން ބިޑް ކާމިޔާބު ކުރީ އެއްމެ ދަށް އަގު ހުށަހަޅައިގެން" ބިމާންގެ ޖެނެރަލް މެނޭޖަރު އަބްދުއް ރަހްމާން ފަރުކީ ބަނގުލަދޭޝްގެ މީޑިއާގައި ވިދާޅުވި އެވެ. އަދި ބިޑް ޑޮކިއުމެންޓްތަކުގައި ހުރި ޝަރުތުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ފަރުކީ ވިދާޅުވިއެވެ.
ބަނގުލަދޭޝް އިން މިއަހަރު ލައްކައެއްހާ މީހުން މިއަހަރު ހައްޖަށް ދާނަކަމަށް ބެލެވެ އެވެ.