24 Jul 2015, 15:52
އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގާ ދިޔަ އެކުސިޑެންޓުގައި އަނިޔާވި ދެ މީހުން ވެސް އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ "ސަން"އަށް މިއަދު ވިދާޅުވީ ރޭގެ އެކުސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން މާލެ ފޮނުވާލާފައި ވަނީ ރޭގެ ވަގުތެއްގައި އެވެ.
އައިޖީއެމްޗުގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ރޭ އައްޑޫގައި ހިނގާ ދިޔަ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި އެކެއްގެ ބޮލަށް ލިބިފައިވާ ގެއްލުންތަކަށް އިތުރު ފަރުވާ ހޯދުމުގެ ގޮތުން އޭޑީކޭ އަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވީ އައިޖީއެމްޗުގައި ފަރުވާ ހޯދަމުންދާ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.