ހަ ރޯދަ ނިމުމާ އެކު ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން އާންމު މަސް މަހު ބަންދުކުރާ ގަޑިތަކުގައި ބަންދު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން އަންގައިފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ މިއަދުން ފެށިގެން ފިހާރަތައް ރޭގަނޑު 10 ޖަހާއިރު ބަންދުކުރަން ޖެހޭ އިރު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން 12 ޖަހާއިރު ބަންދު ކުރަން ޖެހޭނެ ކަމަށެވެ.

ރޯދަ މަހާއި ހަ ރޯދަ ނިމެންދެން އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ފިހާރަތައް ރޭގަނޑު 11:00 ޖަހަންދެން އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ދަންވަރު 2:00 ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދީފަ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައި ވަނީ އެއާ ހިލާފަށް ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވައިގެން ހިދުމަތްދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.