24 Jul 2015, 10:56
ތ. ވޭމަންޑޫ ފަޅުތެރިއިން މަރުވަފަ އޮތްވައި ފެނުނު ޓޫރިސްޓު މީހާ ރޭ ވަރަށް ގަދަޔަށް ރާބުއި ކަމަށާއި އޭނާ މޫދުއަޑިން ފެނުނުއިރުވެސް އޮތީ ބަރަހަނާ ހާލުގައި ކަމަށް އެރަށު ކައުންސިލްއިން ބުނެފިއެވެ.
މަރުވެފައި އޮށްވައި ރޭ ފެނިފައިވަނީ އުމުރުން 24 އަހަރުގެ އޮސްޓުރޭލިއާ ފިރިހެނެކެވެ. އޭނާ އަކީ އެރަށު ފަޅުތެރޭ އޮތް ސަފާރީއަކަށް އައިސް އުޅުނު ފަތުރުވެރިއެކެވެ.

ރޭ މަރުވެފައި އޮށްވައި ފެނުނި ޓޫރިސްޓު މީހާ ވޭމަންޑޫ ހޮސްޕިޓަލުގައި-- ސަން ފޮޓޯ
ވޭމަންޑޫ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު ވިދާޅުވީ މިއަދު ސަން އަށް ވިދާޅުވީ އެރަށު ފަޅުތެރޭ އޮތް ސަފާރީއަކުން އެޓޫރިސްޓު މީހާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައިވަނީ ރޭ ދަންވަރު 3:00 ޖަހާކަންހާއިރު އެސަފާރީއާއި ދިމާލު މޫދުން ކަމަށެވެ. ފެނުނު އިރު އޭނާ އޮތީ ބަރަހަނާ ހާލުގައި ކަމަށް މުފީދު ވިދާޅުވިއެވެ.
މުފީދު ވިދާޅުވީ ރޭ ދަންވަރު އެސަފާރީގައި ދެ ޓޫރިސްޓަކު ހޭލާއުޅުނު ކަމަށާއި އޭގެ ތެރެއިން އެކަކު މަރުވެފައި އެވަނީ ސަފާރީ ޑެގްމަތިން ވެއްޓިކަމަށް މައުލޫމާތި ލިބޭ ކަމަށެވެ.
"ރޭ މަސްތުގެ ހާލުގަޔޯ ތިބީ، ވަރަށް ގަދަޔަށް އެމީހުން ބުޔޯ، ދެން މަތިން ވެއްޓި ޑެގްމަތީ ޖެހިފަޔޯ މޫދަށް ވެއްޓުނީ." މުދީފު ވިދާޅުވިއެވެ.

ރޭ މަރުވެފައި އޮށްވައި ފެނުނި ޓޫރިސްޓު މީހާ ވޭމަންޑޫ ހޮސްޕިޓަލުގައި-- ސަން ފޮޓޯ
ވޭމަންޑޫ ހޮސްޕިޓަލްގެ މެނޭޖަރު ހަދީޖާ އަސްމާ މިއަދު ސަން އަށް ވިދާޅުވީ ފަތުރުވެރިޔަކު މަރުވެގެން ރޭ 3:30 ކަންހާއިރު އެހޮސްޕިޓަލަށް ގެނައިރު ބޭރުފުށުން ޒަޚަމެއް ފެންނަށް ނެތް ކަމަށާއި އެހެންނަމަވެސް ކަންފަތުން ކޮންމެވެސް ވަރަކަށް ލޭއައިސްފައިވާ ކަމަށެވެ.
އެ ޓޫރިސްޓު މީހާ މިއަދު މާލެ ގެންނާނެ ކަމަށް ފުލުހުން ބުންޏެވެ.