24 Jul 2015, 10:21
ތ. ވޭމަންޑޫ ފަޅުތެރިއިން މަރުވަފައި އޮތް ޓޫރިސްޓަކު ފެނިއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ރޭ 3:00 ޖަހާކަންހާއިރު ފެނިފައި ވަނީ އުމުރުން 24 އަހަރުގެ އޮސްޓުރޭލިއާ މީހެކެވެ. އޭނާ އަކީ އެރަށު ފަޅުތެރޭ އޮތް ސަފާރީއަކުން އައިސް އުޅުނު ފަތުރުވެރިއެކެވެ.
ވޭމަންޑޫ ހޮސްޕިޓަލްގެ މެނޭޖަރު ހަދީޖާ އަސްމާ މިއަދު ސަން އަށް ވިދާޅުވީ ފަތުރުވެރިޔަކު މަރުވެގެން ރޭ 3:30 އެހާކަންހާއިރު އެހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނާކަށެއް ނެތް،" އަސްމާ ވިދާޅުވި އެވެ.
މިވަގުތު އޭނާ އޮތީ ވޭމަންޑޫ ހިނަވާގޭގައި ބާއްވާފަ އެވެ.