މިނިވަން ފަންސާހަށް ތައްޔާރުވުމަށް ހަރަކާތްތައް ކުރިއަށްގެންދާއިރު އުފެދޭ ކުނި ނައްތާލުމަށް އެންވަޔަރަމެންޓަލް ޕްރޮޓްކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން ގިނަ ބަޔަކު އެއްވެގެން ހިންގާ ހަރަކާތްތަކާއި މާލެތެރެ ޒީނަތްްތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ ހަރަކާތްތަކަށް ތައްޔާރުވުމުގައްޔާއި ކުރިއަށްގެންދާއިރު އަދި ހަރަކާތްތައް ނިންމުމަށްފަހު ގިނަ އަދަދެއްގެ ކުނި އުފެދިދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން އުފެދޭ ކުނި ނައްތާލުމަށް އީޕީއޭ އިން ވަނީީ އިލްތިމާސްކޮށްފަ އެވެ.