23 Jul 2015, 18:02
ބައިބަލާ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ބައިބަލާ މުބާރާތް 1436 ގެ ގަދަ 16ގެ މެޗްތައް މިރޭ ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.
ރޭ ގަދަ 16ގެ މެޗްތައް ކުޅެން އޮތްނަމަވެސް ވިއްސާރައިގެ ސަބަބުން ގަދަ 16ގެ އަށް މެޗްވެސް ވަނީ ފަސްކޮށްފައެވެ.
އާޓިފީޗަލް ބީޗާއި އަލިމަސް ކަނިވަލް ސަރަހައްދާއި ދެމެދު ހަދާފައިވާ ބައިބަލާ ކޯޓްގައި ކުރިއަށްދާ މުބާރާތުގައި މިރޭ ކުޅޭ ގަދަ 16 ގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ކުލަބު ޒެފްރޯލްއާއި ހާހާ ވީކޭ އެވެ.
ގަދަ 16 އިގެ މެޗްތަކުން މޮޅުވާ ޓީމް ދާނީ ކްއާޓާ ފައިނަލަށެވެ.
މިރޭ ގަދަ 16 ގެ މެޗްތަކުގައި ބައްދަލު ކުރާ ޓީމްތައް
- ކުލަބު ޒެފްރޯލް - ހާހާ ވީކޭ
- އޮއެހާ ސްޕޯޓްސް - ލޮރެންޒޯ
- ސީކޭ - އެލްޓީ ބަނޑޭރި ކޮށި
- ކުޑަ ހެންވޭރު ޔުނައިޓަޑް - ބީޖީ ސްޕޯޓްސް
- އީގަލްސް އިން ތުރީ ޑީ - ޓީނޭޖް ޖޫނިއާސް
- ގްރީން ސްޓްރީޓް - މާފަންނު ކަންމަތި
- ކުލަބު ވޯންޓެޑް - ލޮރެންޒޯ ސްޕޯޓްސް
- ނަލަނަލަ ވައި ކަންމަތި - އެލްޓީ ސްޕޯޓްސް