23 Jul 2015, 14:28
ސަރުކާރު ހިންގާ ޕީޕީއެމް އިސްވެ އޮވެ ދިވެހި ބިން ބޭރުގެ ފަރާތްތަކަށް ވިއްކާ ކަމަށް ބުނެ ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ޕީޕީއެމުން ވަކިވެއްޖެ އެވެ.
މަލީހު މިއަދު ކުރައްވާފާއިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ޕީޕީއެމް އިސްވެ ދިވެހި ބިން ފަރަންޖީންނަށް ވިއްކާ މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކޮށްފައިވާތީ މިއަދުން ފެށިގެން އަޅުގަނޑު އެ ޕާޓީން (ޕީޕީއެމް) އިން ވަކިވެއްޖެ އިން" ކަމަށެވެ.
PPM isve Dhivehi bin faranjeenah vikkaa milku kureveygothah QA islaahu kohfai vaathy miadhun feshigen epartyin alhugandu vakivehjein#Mv4Sale
— Mohamed Maleeh Jamal (@maleehjamal)July 23, 2015
ޔޫތު މިނިސްޓަރު ކަމުން މަލީހް ޖަމާލް ވަކިކުރައްވައިފާއި ވަނީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް މަލީހް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފަ އެއްނުވެ އެވެ.