އިސްލާމްއާބާދު (ޖުލައި 23) : ހޫނުގަދަ އަދި ހަނަފަސް ދުވަސްތަކަކަށް ފަހު ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ މާއްދީ ގެއްލުންތަކެއް ލބިއްޖެވެ.
ޕާކިސްތާނުގެ މޫސުމާބެހޭ އިދާރާ ބުނާގޮތުން ނިމިގެންމިދާ ހަފްތާގައި އެގައުމަށް ވަނީ ގަދައަށް ވިއްސާރަކޮށް ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފަ އެވެ. އެންމެ ބޮޑަށް ވިއްސާރަ ކުރަމުންދަނީ އެގައުމުގެ ހުޅަނގު ދެކުނު ހިސާބުތަކަށް ކަމަށްވެ އެވެ. އެއީ ބަލޫޗިސްތާން އާއި ސިންދު ސަރަހައްދެވެ. ނަމަވެސް މެދުތެރޭގެ ސަރަހައްދުތައް ކަމަށްވާ ޕަންޖާބަށް ވެސް ވިއްސާކުރަމުން ދެ އެވެ.

ޕާކިސްތާނުގެ ޑިޒާސްޓަރު މެނޭޖްމެންޓާ ބެހޭ އިދާރާ ބުނާ ގޮތުން ވިއްސާރައިގެ ސަބަބުން އެތައް ސަތޭކަ އަވަށެއްގައި ފެންބޮޑުވެ ހާހަކަށްވުރެގިނަގެ ހަލާކުވެ އެތައް ހާސްބަޔަކު ވަނީ ހިޔާވަހިކަމުން މަހްރޫމްވެފަ އެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ބައެއްމީހުން ގެއްލި 14 މީހުން މަރުވެފައިވާ ކަމަށް ވެސް އެއިދާރާއިން ބުނެ އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ޕާކިސްތާނަށް އާންމުގޮތެއްގައި ކުރަނީ ޖުލައި މަހުން ފެށިގެންނެވެ. (ނޫސްއެޖެންސީތައް)