މާލެއިން ފުރައިގެން 10 މީހުންނާ އެކު ބ. ދަރަވަންދޫއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ބޯޓު އަޑިއަށް ދިޔަނަމަވެސް ބޯޓުން ދަތުރުކުރި 10 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

"އެ ބޯޓުން ދަތުރު ކުރި 10 މީހުން ކަނޑުވެފައި ވަނިކޮށް ދޮސިސްތާނާ ރިސޯޓުގެ ލޯންޗެއް ގޮސް ވަނީ އެންމެން ސަލާމަތްކޮށްފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބ. އޭދަފުއްޓާ 17 ވަރަކަށް މޭލު ބޭރުން ކާށިދޫ ކަނޑަށް އެ ބޯޓު އަޑިއަށް ދިޔައީ އިންޖީނު ހުއްޓި ދިޔަވެގެންނެވެ.