Last Updated: 1 decade 4 month ago
ބުލޮގު ޚުލާސާ
ބޭރު ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގުކުރައްވައިފި އެވެ.
ގާނޫނު އަސާސީގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާންޖެހޭ ކަންތައްތަކުގެ ތެރޭގައި ބޭރު ފަރާތްތަކަށް ބިން މިލްކު ކުރުމާ ގުޅޭ ކަންތައްތަކެއް ނެތް. އެހެންކަމުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދީފައި ވާނެ އެކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާންޖެހޭ ކަމެއް ނޫން ކަމަށް.
ދިވެހިން އުޅޭނެ ބިން ނެތް ކަމަށް ބުނާ ވާހަކައަށް އަޅުގަނޑު ޖަވާބު ދޭނަން. ދިވެހި ރާއްޖެއިން ބިން ހުސްވެގެން އުޅޭކަން ނުޖެހޭނެ. މިބުނާ ގޮތަށް ކަޓާ ޓްރެޖާ އަޅުގަނޑުމެންނަށް ގެނެވިއްޖެނަމަ، ބޮޑެތި ބިންތައް އަޅުގަނޑުމެންނަށް ހިއްކޭނެ. މިސާލަކަށް ދަންނަވާލާނަން ލ. މާވަށު ފަޅުގެ ސަރަހައްދު ހިއްކައިފިނަމަ 26 މިލިއަން ކަފަފޫޓުގެ ބިން އަޅުގަނޑުމެންނަށް ލިބޭނެ. އަދި ވ. އަތޮޅު ބޮޑު މޮހޮރާ ފަޅުގެ ސަރަހައްދު ހިއްކައިފިނަމަ 145 މިލިއަން އަކަފޫޓުގެ ބިން އަޅުގަނޑުމެންނަށް ލިބޭނެ. އެހެންވީމާ ކުރިއަށް އޮތް 100 އަހަރަށް ވެސް އަދިވެސް އެތައް އަހަރަށް އަޅުގަނޑުމެން ދިރިއުޅޭނެ ބިން ރާއްޖޭގައި އެބަ އޮތް.
މިއީ ހިކި ފަސްތަނަކުން ބިން މިލްކު ކުރެވޭ ގޮތަކަށް ހަދަނީކީ ނޫން. މިއީ 70 ޕަސެންޓުގެ ބިން ކަނޑުގެ ސަރަހައްދުން ފަޅުން ހިއްކައިގެން ބިން މިލްކު ކުރެވޭ ގޮތް ހެދުން. ބިން މިލްކު ކުރެވޭނީ މަދު ކަންތައްތަކަކަށް. މިއީ ހއ. އިން ފެށިގެން އައްޑޫއަށް ހިސާބަށް ހުރި ތަންނަށް ބިން މިލްކު ކުރޭ ގޮތަށް ކުރާ ކަމެއް ނޫން. މިއީ އަޅުގަނޑުމެން ކަނޑައަޅާ މަދު ސަރަހައްދުތަކުން ބޮޑެތި ޕްރޮޖެކްޓް ހިންގަން ދޫކުރާ ބިންތަކެއް.
ބިން މިލްކު ކުރުމާ ގުޅޭ އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު، ރައީސް ޔާމީން ނޫސްވެރިންނަށް މައުލޫމާތު ދެއްވައި ވާހަކަފުޅު ދައްކަވަނީ.
ބިން މިލްކު ކުރެވެނީ ބޭރު މީހުން ވަޒަން ވެރިކުރުމަކަށް ނޫން. ބިން މިލްކު ކުރެވޭނީ އިގްތިސާދީ މަސައްކަތް ކުރުމަށް. މިއިން އެއްވެސް ކަމަކީ ބޭރުގެ ދީންތައް ފަތުރަށް ދެވޭ ފުރުސަތެއް ނޫން.


