އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ރީޔޫނިއަންއަށް ގެންދިއުމަށް މެގަ މޯލްޑިވްސް ޑައިރެކްޓް ފުލައިޓެއް ބާއްވަން ހަމަޖައްސައިފި އެވެ.

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް މި މަހު 30 ވަނަ ދުވަހު ރީޔޫނިއަންއަށް ފުރުމަށް ހަމަޖެހިފައިވާއިރު، ރީޔޫނިއަންއަށް ޑައިރެކްޓް ފުލައިޓް ބޭއްވުމުގެ އެއްބަސްވުމުގައި މިއަދު މެގަ މޯލްޑިވްސް އާއި މޯލްޑިވްސް އޮލިމިކް ކޮމިޓީއާ ދެމެދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މެގަ މޯލްޑިވްސްގެ މީޑިއާ ކޯޑިނެޓާ އަހުމަދު ޖާވިދު ވިދާޅުވީ މާލެ އާއި ރީޔުނިއަން އާއި ދެމެދު ޑައިރެކްޓް ފުލައިޓެއް ނޯންނެ ކަމަށާއި އެހެންކަމުން އެއާއަލައިނުން ބާއްވާ ފުލައިޓަކީ އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަށް ހާއްސަ ޑިޒައިން ކުރެފައިވާ ފުލައިޓެއް ކަމަށެވެ.

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ރީޔޫނިއަންއަށް ގެންދިއުމަށް ޑައިރެކްޓް ފުލައިޓް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޮލިމިކް ކޮމިޓީގެ ހަޒާންދާރު ޙުސައިން ރަޝިދު ވިދާޅުވީ އޮލިމިކް ކޮމިޓީން އިސްކަން ދިނީ ހަމަޖެހިލައިންގެ ރީޔޫނިއަންއަށް ވާސިލުވެވޭނެ ގޮތަކަށް ކަމަށާއި އެ ވާހަކަ މެގަ މޯލްޑިވްސްއާ ހިއްސާކުރުމުން އެ އެއާލައިނުން ގައުމީ ކަމެއްގެ ގޮތުގައި ދެކި އެއްބާރުލުން ދޭން ނިންމުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.

އައިއޯއަިޖީގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ރީޔޫނިއަންއަށް ގެންދިއުމަށް ޑައިރެކްޓް ފުލައިޓް ބޭއްވުމުގެ އެއްބަސްވުމުގައި މެގަ މޯލްޑިވްސް އާއި މޯލްޑިވްސް އޮލިމިކް ކޮމިޓީއާ ދެމެދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތައް ފަހު މެގަމޯލްޑިވްސްގެ މީޑިއާ ކޯޑިނޭޓާ އަހްމަދު ޖާވިދު ވާހަ ދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހުސައިން ވިދާޅުވީ މެގަ މޯލްޑިވްސްގެ އެހީއާ ނުލައި އެކަން ކުރުމީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެއީ އެކޮޅަށް ދާ ދުވަހު ނޫން އަނެއް ދުވަހު ވެސް ރާއްޖެ ބައިވެރިވި ގެމްސްތައް ފެށުމަށް ހަމެޖހިފައިވުމުން ޑައިރެކްޓް ފުލައިޓެއް ނެތި އެކަން ކުރުމީ އެތުލީޓުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އެ އެއްބަސްވުމުގައި މެގަ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެއެއާލައިންގެ ކޮމާޝަލް ޑައިރެކްޓާ ޝިން ތޯމަސް އެވެ. އޮލިންޕިކް ކޮމިޓީގެ ފަރާތުން ސޮއި ކުރެއްވީ ހުސައިންއެވެ.

އައިއޯއަިޖީގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ރީޔޫނިއަންއަށް ގެންދިއުމަށް ޑައިރެކްޓް ފުލައިޓް ބޭއްވުމުގެ އެއްބަސްވުމުގައި މެގަ މޯލްޑިވްސް އާއި މޯލްޑިވްސް އޮލިމިކް ކޮމިޓީއާ ދެމެދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތައް ފަހު އެމްއޯސީގެ ހަޒާންދަރު ޙުސައިން ރަޝީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މެގަ މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ކޮންޓިޖެންޓް އުފުލުމަށް 250 މީހުގެ ޖާގައިގެ ފުލައިޓެއް ހަމަޖައްސާފަ އެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ 230 މީހުންނެވެ.