އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއަޖީ) ގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ދިދަ ހޯލްޑް ކުރާނެ ކުޅުންތެރިޔަކު ހޮވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ރީޔޫނިއަންގައެވެ.

އޮލިމްޕިކް ކޮމެޓީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ IOIG ޖެއްސެވުމަށްފަހު 322 އަށް އެސްއެމްއެސް ކުރެއްވުމުން އައިއޯއަޖީގައި ރާއްޖެއިން ބައިވެރިވާ އަށް ކުޅުންތެރިންގެ ތެރެއިން ދިދަ ހޮލްޑު ކުރުމަށް އެ ކޮމެޓީން ކަނޑައަޅާފައިވާ ކުޅުންތެރިންގެ ނަން ހިމެނޭ އެސްއެމްއެސްއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެ އެސްއެމްއެސްގައި ކޮންމެ ކުޅުންތެރިއަކަށް ވެސް ނަންބަރެއް ދީފައިވާނެ ކަމަށާއި ބޭނުންވާ ކުޅުންތެރިޔާގެ ނަމާދިމާލުގައިވާ ނަންބަރު ޖެއްސެވުމަށްފަހު އެ އެސްއެމްއެސްއަށް ރިޕްލައިކުރުމުން ވޯޓު ދެވުނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައިއޯއަޖީގައި ބައިވެރިވާ ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ދިދަ ހޮލްޑު ކުރާނެ ކުޅުންތެރިއަކު ހޮވުމަށް އެސްއެމްއެސް ކުރަންޖެހޭ ކުޅުންތެރިން

  1. ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކެޕްޓަން ފަދުވާ ޒާހިރު

  2. ރާއްޖެގޭ އެއްވަނަ ދުވުންތެރިޔާ ޙަސަން ސާޢިދު
  3. ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު
  4. ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުޙައްމަދު
  5. ވޮލީ ކުޅުންތެރިންޔާ އިސްމާޢިލް ސާޖިދު
  6. އަންހެން ވޮލީ ކުޅުންތެރިޔާ އާއިޝަތު މާޖިދާާ
  7. ހޭންޑްބޯލް ކުޅުންތެރިޔާ ފާތިމަތު ރިޝްމާ
  8. އައިއޯޖީގައި ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަނުކަންކުރާ އަކްރަމް ޢަބްދުލް ޣަނީީ

އެސްއެމްއެސް ކުރުމުގެ ވަގުތު ހަމަވާނީ މިމަހު 28 ވަނަ ދުވަހުގެ ރޭ 8:00 ގައި ކަމަށް ވެސް އޮލިމްޕިލް ކޮމެޓީން ބުންޏެވެ.

އައިއޯއައިޖީގެ ތާރީޚާ ގުޅިގެން އެސްއެމްއެސް މެދުވެރިކޮށް ކްއިޒެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮލިމްޕިކް ކޮމެޓީން ވަނީ ހުޅުވާލާފައެވެ.

އޮލިިމްޕިކް ކޮމެޓީން ބުނީ quiz ޖެއްސެވުމަށްފަހު 322 އަށް އެސްއެމްއެސް ކުރުމުން ސުވާލު ލިބޭނެ ކަމަށާއި އެސުވާލަށް ޖަވާބު ރިޕްލައި ކުރުމުން އަނެއް ސުވާލު ލިބޭނެކަމަށް ވެސް އޮލިމްޕިކް ކޮމެޓީން ބުންޏެވެ.

ކްއިޒް ކުރިއަށްދާނީ އަންނަ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ ކްއިޒުގެ ޖަވާބު ދިމާ ކުރައްވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް މެގަ މޯލްޑިވްސް އިން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ކޮންމެވެސް މަންޒިލަކަށް ދަތުރު ކުރުމަށް ދެކޮޅު ޓިކެޓް ދޭން ހަމަޖެހިފައިވާ ކަމަށެވެ.