22 Jul 2015, 10:43
ފިތުރު އީދުގެ މުނާސަބަތާއި ގުޅިގެން ކުރިއަށް ގެންދިޔަ ބަށިބޯޅަ މުބާރަތުގެ ފައިނަލް މެޗްގައި ހުޅުމާލޭ ވިމެން ސްޕޯޓްސް 11 ފޯލިން ބަލިކޮށް މުބުރާތުގެ ޗެމްޕިއަންކަން މައްޗަންގޮޅި ވިދުވަރު ޓީމް ހޯދައިފި އެވެ.
ކުޅިވަރު އެކުވެނީގެ ބަށި ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގެ ދެއިނިންގްސް ކުޅެ ނިމުނުއިރު ވިދުވަރު ޓީމް ވަނީ 34 ލަނޑު ހަދާފަ އެވެ.
މުބާރާތުގެ ބަށި ރާނީއަކަށް ހޮވުނީ ރަންކަނި ޓީމުގެ މަރްޔަމް މަރީޝާއެވެ. އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ.
އެންމެ ގިނަ ބޯޅަ ސައިކުރި ކުޅުންތެރިޔަކަށް ހޮވުނީ ރަންކަނި ޓީމުގެ ޒީނިޔާ އާދަމެވެ.
އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ވިދުވަރު ޓީމުގެ އައިމިނަތު ސަނާ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ހުޅުމާލޭ ވިމެންސް ސްޕޯޓްސްގެ ޝާދިޔާ ޝަކީލާއި، މަރިޔަމް ބާސިތާ، ފާތިމަތު މިލްނާ،، އަދި ރަންކަނި ޓީމުގެ ޒީނިޔާ އާދަމާއި މަރިޔަމް މަރީޝާ އެވެ.

މުބާރާތުގެ ވަނަވނައަށް އައި ފަރާތްތަކަށް ކުރިގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޒާހިރު ނަޞީރު އިނާޟް ދެއްވަނީ --- ފޮޓޯ/ އަސްރުމާ
މުބާރާތުގެ ވަނަ ވަނަ އަށް ފަރާތްތަކަށް އިނަމު ދެއްވީ ރައީސްލުޖުމްންހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއި ކުޅިވަރަށް ގިނަ ދުވަހު ޚިދުމަތްތަކެއްކޮށްފައިވާ ޒާހިރު ނަޞީރެވެ.