ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ބާއްވާ އެކިއެކި ހަރަތާކާތްތަކާ ގުޅިގެން ސަލާމަތީގޮތުން ފުލުހުން ބަންދުކުރާ ސަރަހައްދުތަކުގައި ފޮޓޯނެގުމަށާއި ވީޑިއޯ ކުރުމަށް ބޭނުންކުރާ 'ޑްރޯން' ފަދަ ތަކެތި ބޭނުންކުރުން މަނާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސަލާމަތީގޮތުން ފުލުހުން ބަންދުކުރާ ސަރަހައްދުތަކުގައި ޑްރޯން ބޭނުންކުރުމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ކަށަަވަރު ކުރުމުގައި ކުރިމަތިވެދާނެ ދަތިތަކަށްޓަކައި، އެ ސަރަޙައްދުތަކުގައި ޑްރޯން ބޭނުން ނުކުރުމަށް ދަންނަވާ ކަމަށެވެ.

ބަންދުކޮށްފައި ވާ ސަރަހައްދުތަކުގައި ޑްރޯން ފަދަ ތަކެތި ބޭނުންކުރާން ޖެހިއްޖެ ހާލަތެއްގައި ފުލުހުންގެ ހާއްސަ ހުއްދައެއް ހޯދުމަށް ވެސް ފުލުހުންވަނީ އަންގައިފައެވެ.

"ސަލާމަތީގޮތުން ފުލުހުން ބަންދުކޮށްފައިވާ އެއްވެސް ސަރަޙައްދެއްގައި ޑްރޯން ބޭނުންކުރާނަމަ ފުލުހުންގެ ހުއްދަ ހޯއްދަވައިގެން އެތަކެތި ބޭނުންކުރެއްވުމަށް އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،" ފުލުހުން ބުންޏެވެ.