21 Jul 2015, 17:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައި އެކަން މެމްބަރުންނަށް އަންގާފައިވާއިރު، މިރޭގެ ޖަލްސާގެ އެޖެންޑާއެއް އަދި ފޮނުވާފައެއްނުވެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މިރޭ މަޖިލިސް ބާއްވަނީ ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިންތައް މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމަށެވެ.
މަޖިލީހުގެ ގަވާއިދަށް މިއަދު ގެނެސްފައިވާ އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ތަފާތު އެކި މަރުހަލާތައް ކުރިއަށް ނުގެންގޮސް ބިލުތަކުގެ މަސައްކަތް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.
އެހެންކަމުން ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ގެނައުމަށް ހުށަހަޅާފައިވާ އިސްލާހު މިރޭ ފާސްކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގާނޫނު އަސާސީ އަށް ހުށަހެޅުއްވިއިސްލާހުގައިވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެއިސްލާހުގައިވެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނު އަސާސީއަށް މިއަދު ހުށަހެޅި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާ އެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބު ކަމަށް ނިހާން ވިދާޅުވަނީ:
ރާއްޖެއަށް އިންތިހާ ބިޔަ އިންވެސްޓްމެންޓަތައް ތައާރަފްކުރުން
- ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމެންޓްތަށް ކުރިއަށް ގެންދިއުމަށް ފަހި މާހައުލެއް ގާއިމް ކުރުން
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނު އަސާސީ އަށް މިއަދު ހުށަހެޅި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާ އެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.
މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި އެވެ.