21 Jul 2015, 15:06
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުން މާޒިޔާގެ ފޯވަޑް އަސަދުﷲ ޢަބްދުﷲ (އަސައްކޮ) ވެސް ބާކީވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ގައުމީ ޓީމް އިއުލަކުރުމަށް އެފްއޭއެމްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ގައުމީ ޓީމްގެ ފިޒީޝަން އަހްމަދު ޝަކީބު ވިދާޅުވީ ހޮންކޮންގް މެޗްގައި ލިބުނު އަނިޔާ މުޅިން ރަނގަޅުވެފައިވާ ކަމަށާއި ފަހުން ހެދި ޓެސްޓްތަކުން އިތުރު އިންޖަރީއެއް އުޅޭ ކަމަށެވެ.
"ކުރީ މެޗްގައި (ހޮންކޮންގް މެޗްގައި) އިންޖަރީވި ތަން މުޅިން ވަނި ހީލްވެފައި. އެތަނުގައި އެއްވެސް މައްސަލައެއް ނެތް. ނަމަވެސް މިއަދު (13 ޖުލައި 2015) ހެދި ސްކޭނުން ރީއިންޖަރީއެއް އެބައުޅޭ އެހެންތަނެއަގައި އެއިންޖަރީވި ތަނަށް ވުރެ ތަންކޮޅެމަތިން ހަމަ މަސްގަނޑަށް ލިބުނު އިންޖަރީއެއް،" ޝަކީބު ވިދާޅުވި އެވެ.
ޝަކީބު އެދުވަހު ވިދާޅުވީ އަލުން ލިބުނު އިންޖަރިއިން ރިކަވާވަން ފަރުވަ އެކްސްޕޭންޑް ވެސް ކުރަން ޖެހިދާނެ ކަމަށާއި ފީޓް ނޫން ނަމަ ޓިމްގައި ނުހިމަނާނެ ކަމަށެވެ.
އަނިޔާގެ ސަބަބުން އަސައްކޮގެ އިތުރުން ގޯލްކީޕަރު ޢިމްރާން މުޙައްމަދާއި ޙުސައިން ނިޔާޒު މޫހައްމަދު ބޮކުރި ވެސް ވަނީ ގައުމީ ޓީމުން ބަކީކޮށްފަ އެވެ.