ބޮޑެތި މެޝިންތަކެއް ބޭނުން ނުކޮށް ހަމަ ލޮލަށް މައިކްރޯ އޯގަނިޒަމްތައް ފެންނާނެ "ޕާފެކްޓް ލެންސް"އެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިސާޗަރުން ބުނެފި އެވެ.

މިޝިގަން ޓެކްނޮލޮޖީ ޔުނިވާސިޓީ (އެމްޓީޔޫ) އާއި ސެއިންޓް ލުއިސްގައި އިންނަ ވޮޝިންޓަން ޔުނިވާސީޓީގެ ރިސާޗަރުން ގުޅިގެން ތައްޔާރުކުރާ އެ ލެންސަކީ މެޓަމެޓީރިއަލްސް އިން ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ލެންސެކެވެ. މެޓަމެޓީރިއަލްސް އަކީ ވެށިން ނުފެންނަ ޕްރޮޕަޓީސްތައް ނުހުންނަ ގޮތަށް ތައްޔާރުކޮށްފަ ހުންނަ މެޓީރިއަލް އެވެ.

އެފަދަ މޭޓީރިއަލްގެ ސަބަބުން ލެންސްގައި އަލި ދައުރުކުރާ ގޮތާއި އޭގެ ދައުރުކުރުން ކޮންޓްރޯލު ކުރުމުގައި ތަފާތުތަކެއް ހުންނާނެ ކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ.

އެންމެ ފުރިހަމަ ލެންސެން އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗަކީ ވެސް ފުރިހަމަ އަށް ތައްޔާރު ކުރެވެން ޖެހޭ އެއްޗެއްސަށްވާ އިރު އެ މައްސަކަތުގެ ދިރާސާއަކީ ވޭތުވެ ދިޔަ 15 އަހަރުގެ ދިރާސާއެއް ކަމަށް ރިސާޗަރުން ބުންޏެވެ.

ޕާފެކްޓް ލެންސްއެއް އުފެއްދުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަލީގެ ވޭވްސްތައް ލެންސް ހުރަސް ކުރުމުގައި އެކި ގޮތްގޮތް އެ ދިޔުން ކަމަށް ރިސާޗަރުން ބުންޏެވެ.

ރިސާޗަރުން ބުނާގޮތުގައި އެ ލެންސް އީޖާދު ކުރެވުމާ އެކު އޭގެ އެހީގައި މީހުން ގެންގުޅޭ ސްމާޓްފޯނުތަށް އަލްޓްރާ ޕަވަފުލް މައިކްރޯސްކޯޕްތަކަށް ހަދާލެވޭނެ ކަމަށެވެ.