21 Jul 2015, 16:28
އިންޑިއަން އޯޝަން އައިލެންޑް ގޭމްސަށް ތައްޔާރުވާ ގައުމީ ބާސްކެޓްބޯޅަ ޓީމް ޓްރޭނިންގް ކޭމްޕެއްގައި ރޭ ލަންކާއަށް ފުރައިފި އެވެ.
"ސަން"އަށް މަޢުލޫމަތު ދެއްވަމުން ބާސެކެޓް ބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އަޙްމަދު ހާފިޒު ވިދާޅުވީ ލަންކާގައި ޓީމް ހަތް ދުވަސްދެން ކޭމްޕުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ކޭމްޕްގައި ލަންކާގެ ބައެއް ކުލަބުތަކާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހާފިޒު ވިދާޅުވި އެވެ.
ޓީމާއެކު ލަންކާއަށް ދިޔައީ ޓީމްގައި ހިމެނޭ 12 ކުޅުންތެރިން ވެސް ވަނީ ޓީމާއެކު ގޮސްފަ އެވެ.
ބާސް ކެޓްބޯޅައިގައި ރާއްޖޭގެ ޓީމް ލައްވާލީ ރީޔުނިއަންއާ މައުރީސް އާއެކު ގުރޫޕް ބީ ގައެވެ.
ގުރޫޕް އޭ ގައި ހިމެނެނީ ޝީޝެލްސްއާ މަޑަގަސްކަރައިގެ އިތުރުން މަޔޯއްޓޭއާއި ކޮމޮރޯސްއެވެ.
އަންހެން ބާސްކެޓްގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެ އެވެ.