21 Jul 2015, 13:42
ބައިބަލާ އެސޯސިއޭޝަނުން އިންތިޒަމްކޮށްގެން ކުރިއަށްގެންދާ ބައިބަލާ މުބާރާތުގެ ގަދަ 16 އަށް ފަސް ޓީމެއް ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު މެޗްތަކާއެކު ދެ ވަނަ ބުރުގެ ހަތަރު މެޗުން މޮޅުވެގެން ދެ ވަނަ ބުރަށް ދަތުރުކުރީ ކްލަބު ޒެފްރޯލް އާއި އޮއެހާ ސްޕޯޓްސް ކުލަބާއި އެލްޓީ ބަނޑޭރި ކޮށީގެ އިތުރުން ކުޑަ ހެނވޭރު ޔުނައިޓަޑެވެ.
ކްލަބު ޒެފްރޯލް ގަދަ 16 އަށް ދަތުރު ކުރީ ކުޑަ ހެންވޭރު މެންޒޯލާ ކުޅުނު ފުރަތަމަ ގޭމުން 13-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދެ ވަނަ ގޭމް 5-5 ގެ ނަތީޖާއަކުން އެއްވަރުވުމުންނެވެ.
އޮއެހާ ސްޕޯޓްސް ގަދަ 16 އަށް ދަތުރުކުރީ ޓީނޭޖް ނިއު ޖެނަރޭޝަނާ ދެކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ މެޗް 6-5 ގެ ނަތީޖާއަކުން ބަލިވިނަމަވެސް ދެ ވަނަ ގޭމްގައި 15-8 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމަށްފަހު އެވެ.
އެލްޓީ ބަނޑޭރި ކޮށި ގަދަ 16 އަށް ދަތުރު ކުރީ އުމްޕާ ލުމްޕާ އާ ދެކޮޅަށް ކުޅުނު މެޗްގެ ދެ ގޭމްވެސް ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ގޭމް 13-10ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު ދެ ވަނަ މެޗް 13-10 ނަތީޖާއަކުން އެ ޓީމް ވަނީ ކާމިޔާބުކޮށްފައެވެ.
ކުޑަ ހެންވޭރު ޔުނައިޓެޑް ގަދަ 16 އަށް ދަތުރު ކުރީ ބުރު ރީޔޫނިއަން ބަލިކުރުމަށްފަހުގައެވެ.
މީގެ އިތުރުން ސީކޭ ވެސް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.