21 Jul 2015, 10:47
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު އަދި މައްކާ އަށް ވަޑައިގެން އުމުރާއެއް ކުރެއްވުމަށް ފަހު ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ކުރީގެ ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަރަށް ގިނަ ދުވަހު އެމެރިކާގެ ނިއުޔޯކްގައި އުޅުއްވުމަށް ފަހު އަދި މައްކާ ޒިޔާރަތް ކުރެެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފައިވާ ކަމަށެވެ.
ކުރީގެ ރައީސް ޑރ. ވަހީދު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި މޫސުމަަށް އަންނަ ބަދުލަތަކާ ގުޅޭ ގޮތުން އދ.ގައި އޮތް ކައުންސިލް އޮފް ސޯޝަލިސްޓް އިންޓަނޭޝަނަލް ޖަލްސާގައި ތަގުރީރު ކުރެއްވި އެވެ.
ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މައްކާ އަށް ކުރެއްވި ދަތުރުފުޅުގައި ހަރަމްފުޅަށް އިތުރު ކުރު ބައި ބައްލަވައި ލެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށެވެ.