ކޮމަންވެލްތުން ބާއްވާ ޔޫތު ވޯކާސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޯގަސްޓު މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޔޫތް ވޯކާސް އެވޯޑް ދޭން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ނެވެ. އެ އެވޯޑަކީ ކޮމަންވެލްތުގެ 53 ގައުމުގެ މެދުގައި ބާއްވާ އެވޯޑް އެކެވެ.

ކޮމަންވެލްތު ޔޫތުވޯކާސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލާފައިވާއިރު، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.