08 Mar 2011, 17:12
ޖެހިޖެހިގެން ހަފުތާއެއްގެ ތެރޭގައި ތިން ބަލިވުމުން މި ސީޒަނަށް ފަހު ލުއިސް ވެންގާލް ބަޔާން މިއުނިކްގެ ކޯޗުކަމުގައި ނުހުންނާނެ ކަމަށް ޖަރުމަނުގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.
އެ ގައުމުގެ ނުސްތަކުން ބުނަނީ އެހެން ކޯޗަކު ހޯދުމުގެ ކުރިން ބަޔާނުން ވެންގާލްއަ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެ ކުލަބުގެ ރައީސް ވަނީ ތަކުރާރުކޮށް ބަލިވެ، ކުލަބުގެ މަގްސަދުތައް ހާސިލް ނުކުރެވޭވަރަށް ކަންކަން ގޯސްވާން ފަށައިފި ކަމަށާއި މިހެންވެ ވެންގާލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
ހުސްވި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ބަޔާން މިހާރު އޮތީ ޖަރުމަނު ލީގުގެ ފަސްވަނާގަ އެވެ.