ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރައްޔިތުންގެ މަޖިލީހަށް ދެއްވަން އޮތް ބަޔާން ރައްޔިތުންނާ ހިއްސާ ކުރައްވަން ނިންމަވައިފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި މާދަމާގެ ވަގުތެއްގައި މީޑިއާ މެދުވެރިކޮށް ނައިބު ރައީސްގެ ފަރާތުން އެ ބަޔާން ރައްޔިތުންނަށް ހިއްސާކުރާނެ އެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލައަށް އެމަނިކުފާނުގެ ފަރާތްޕުޅުން ޖަވާބުދާރީވާން ނައިބު ރައީސް ކަނޑައެޅުއްވީ ގާނޫނީ ވަކީލު ހުސްނުއް ސުއޫދެވެ. ނަމަވެސް މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ނައިބު ރައީސް އަމިއްލަފުޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ނައިބު ރައީސަށް އަންގާފަ އެވެ.