08 Mar 2011, 17:07
ބާސެލޯނާގެ އެންމެ މުހިންމު ދެ ޑިފެންޑަރުންނަށް މިރޭ ޗެމްޕިއަންސް ލީގުގައި އާސެނަލްއާ ދެކޮޅަށް ނުކުޅެވޭއިރު އަނިޔާގައި ހުރި ފޯވަޑް ރޮބިން ވެންޕަސީ އާސެނަލް ޓީމުގައި ހިމަނައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން ކުޅޭ މި މެޗުގައި ބާސެލޯނާއިން ނުކުޅެވެނީ ދެ ސެންޓަބެކުން ކަމަށްވާ ކެޕްޓަން ކާލޮސް ޕުޔޯލް އާއި ދެ ކާޑު ހަމަވެފައިވާ ގެރާޑް ޕީކޭ އެވެ.
މި ދެ ޓީމު އާސެނަލްގެ ދަނޑުގައި ކުޅެ 2-1 އިން އާސެނަލް މޮޅުވި މެޗުގައި ފުރަތަމަ ލަނޑު ޖެހި ވެންޕާސީ މި މެޗަށް ނެގިއިރު އަނިޔާގައި ހުރި ކެޕްޓަން ސެކް ފަބްރިގާސް އައި ޖެކް ވިލްޝެއާ ވެސް އަންނަނީ މެޗު ކުޅެވޭ ވަރަސް ފިޓްވަމުންނެވެ. މި ދެ ކުޅުންތެރިންނަކީ ބާސެލޯނާއާ ދެކޮޅަށް މޮޅަށް ކުޅުނު ދެ ކުޅުންތެރިންނެވެ.
ނަމަވެސް ތިއޯ ވޮލްކޮޓާއި އެލެގްޒެންޑާ ސޯންގަށް މެޗުގައި ނުކުޅެވޭނެ އެވެ. މިމެޗުގެ އިތުރުން ޝަކްޓާ ޑޮނެސްޓާއި ރޯމާ ވެސް މިރޭ ކުޅޭނެ އެވެ.