21 Jul 2015, 01:05
ދުނިޔެގޭ ފުޓްބޯޅައިގެ މައި އިދާރާ ފީފާއަށް ރައީސަކު ހޮވުމަށް ބާއްވާ އެކްސްޓާ އޯޑިނަރީ ކޮންގުރެސް އަންނަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ބާއްވަން ފީފާގެ އެގްޒެކެޓިވް ބޯޑުން ނިންމައިފިއެވެ.
ފީފާގެ ބޯޑުން މިގޮތަށް ނިންމީ ފީފާގެ ރައީސްކަމަށް ފަސް ވަނަ ދައުރަކަށް އިންތިޚާބުވި ސެފް ބްލެޓާ ރައީސްކަމަށް އިންތިޚާބުވިތާ ހަތަރު ދުވަސްފަހުން ޖޫން މަހުގެ ދެ ވަނަ ދުވަހު އިސްތިއުފާ ދޭން ނިންމެވުމުންނެވެ.
ފީފާގެ އެގްޒެކެޓިވް ބޯޑްގެ ބައްދަލުވުމުގައި ފީފައަށް ފުޓްބޯޅައަށް ގެންނަނަ ބަދަލުތައް ފާހަގަކޮށް ދެނެގަތުމަށްޓަކައި 11 މެންބަރުންގެ ޓާސްކްފޯސްއެއް ވަނީ އެކުލަވާލަފައެވެ.
ފީފާގެ ރައީސްއަކު ހޮވުމަށް އެކްސްޓާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމި ނަމަވެސް ކޮންގްރެސްގައި ފީފާގެ 209 މެންބަރު ގައުމަށްވެސް ދައުވަތު ދޭން ވަނީ ހަމަޖައްސާފައެވެ.