އަންނަ ޖޫން މަހު ބާއްވާ ފިފާގެ ކޮންގްރެސްގައި ފީފާގެ މިހާރުގެ ރައީސް ސެޕް ބެލެޓާއާ ވާދަކުރައްވާ ބޭފުޅަކަސް ވޯޓު ދިނުމަށް އިނގިރޭސި ވިލާތުން ތައްޔާރުވާން ފަށައިފި އެވެ.

އިނގިރޭސި އެފް.އޭގެ އިސް އޮފިޝަލުންތަކެއް ބުނީ ވޯޓުދޭނެ މީހަކާމެދު އަދި މަޝްވަރާ ނުކުރާ ކަމަށާއި ނަމަވެސް އިނގިރޭސިންގެ ވޯޓު ބްލެޓާއަށް ނުލިބޭނެ ކަމަށެވެ.

އޭނާއާ ހަވާލާދީފައިވާ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިން ވޯޓުދިނުން އެންމެ ގާތީ އޭއެފްސީގެ ރައީސް މުހައްމަދު ބިން ހައްމާމް ކުރިމަތިލއްވާނަމަ އޭނާ އަށެވެ.

1998 ވަނަ އަހަރު ފީފާގެ ރައީސް ކަމަށް ބްލެޓާ ގެނައުމަށް މަސައްކަތް ކުރި އިނގިރޭސީން އޭގެ ހަތަރު އަހަރު ފަހުން ވޯޓު ދިނީ ބްލެޓާއާ ދެކޮޅަށެވެ. ރައީސް ކަމުގައި ހަތަރު ވަނަ ދައުރު ވަނަ ދައުރު ގުނަމުންދާ 76 އަހަރުގެ ބްލެޓާ އަށް ތާއީދު ނުކުރުމަށް އިނގިރޭސީން ނިންމަނީ މުހިންމު ދެ ކަމަކާ ގުޅިގެންނެވެ. އެއީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި ޖަރުމަނުކޮޅަށް އިނގިރޭސިން ޖެހި ގޯލު ގަބޫލުނުކޮށް އެ މުބާރާތުން އެ ގައުމު ފޭލްވުމާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް އިނގިރޭސީން ހުށަހެޅި ބިޑް ފޭލްކޮށްލުމުންނެވެ. އިނގިރޭސިންގެ ބިޑަށް ފިފާގެ ހިންގާ ކޮމިޓީން ވޯޓުނުދިނީ ވޯޓުދޭން އެއްބަސްވުމަށްފަހު އެވެ.

މި ކަމާ ގުޅިގެން ބްލެޓާ ބުނީ އޭނާ ނުހޮވިއްޖެނަމަ މަގާމު ދޫކޮށްދިއުމަކީ އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށާއި އެއިރެއްގައި ކުރިމަތިވާ ކޮންމެ ހުރަހަކާ ކުރިމަތިލާނެ ކަމަށެވެ.