އެސްޓަންވިލާއަށް ކުޅެމުންގެންދާ ބެލްޖިއަމްގެ ފޯވަޑް ކްރިސްޓިއަން ބެންޓެކޭ ލިވަޕޫލަށް ބަދަލުވުމުގެ ހުރިހާ ކަމެއް ހަމަޖެހިއްޖެއެވެ.

މިދިޔަ ހަފުތާގައި ލިވަޕޫލާއި އެސްޓަންވިލާއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އެސްޓަންވިލާގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮއްވައި އެކުލަބުން ބެންޓެކޭ ދޫކޮށްލަން އެއްބަސްވީ 32.5 މިލއިއަން ޕައުންޑްގެ އަގަކަށެވެ.

ދެ ކުލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުމުން ލިވަޕޫލާ އެކު އޭޝިއާ ޓްއާގައި ތައިލެންޑްގައި ހުރި އެޓީމްގެ ޑޮކްޓަރު އެންޑީ މާސޭ ވަނީ ބެންޓެކޭ ފުރިހަމަ ކުރުމަށްޓަކައި ލަންޑަނަށް ގޮސްފައެވެ. އެހެންކަމުން މިއަދު ބެންޓެކޭ ލިވަޕޫލްގެ މެޑިކަލްޓެސްޓައް ފުރިހަމަ ކުރާނެއެވެ.

ބެންޓެކޭ ލިވަޕޫލާ ގުޅިފައިވާއިރު އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން ވަނީ ކޮޕާ އެމެރިކާގައި ބްރެޒިލްގެ ގައުމީ ޓީމުން ފާހަގަ ކުރެވުނު ރޯބާޓޯ ފާމިނޯ އާއި އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމުން ފާހަގަ ކުރެވުނު ޑެނީއިންގްސް އެޓީމަށް ގެނެސްފައެވެ.

ބެންޓެކޭ ލިވަޕޫލަށް ބަދަލުވާއިރު އޭނާ ގެނެސްފައި ވަނީ އެޓީމް ދޫކޮށް މެންޗެސްޓާ ސިޓީއަށް ބަދަލުވި ރަހީމް ސްޓަލިން ނެތްތަން ފޫބެއްދުމަށް ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ބުނެއެވެ.

އުމުރުން 24 އަހަރުގެ ބެންޓީކް ވަނީ މިދިޔަ ސީޒަންގައި އެސްޓަންވިލާގައި ކުޅުނު 12 މެޗްގައި 12 ލަނޑު ޖަހައި އެސްޓަންވިލާ ރެލިގޭޝަން ޒޯނުން ސަލާމަތް ކޮށްދީފައެވެ.