މުޅި ރާއްޖެ އަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އެކޮމިޝަނުން މިއަދު ބުނީ އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ލައިސަންސަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެހުއްދަ ލިބޭ ބައެއް ޝަރުތުތަކުގެ ތެރޭގައި

*ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައިވުން

*ބުރޮޑްކާސްޓިން ހިދުމަތްދޭ އެހެން ކުންފުންޏެއްގެ 20 ޕަސެންޓަށް ވުރެ މަތީ ހިއްސާއެއް އޮތް މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް އަކަށް ނުވުން

*100 ޕަސެންޓް ދިވެހި ކުންފުންޏަކަށް ވުން

އެ ލައިސަންސަށް އެދި ހުށަހަޅާ ފޯމު އެ ކޮމިޝަނުގެވެބްސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނަ އިރު އެ ކޮމިޝަނުގެ ރިސެޕްޝަނުން ވެސް ލިބެން ހުންނާނެ ކަމަށް އެކޮމިޝަނުން ބުނެ އެވެ.