20 Jul 2015, 15:07
މިދިޔަ އަހަރުގެ ޖޫން މަހުން މިއަހަރުގެ ޖޫން މަހާއި ހަަމައަށް ރާއްޖޭގެ އިންފްލޭޝަން 1.45 ޕަސެންޓް މަތި ކަމަށް ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.
އެ އިދާރާއިން ނެރެފައިވާ ރިޕޯޓްގައި ވާގޮތުން މިއަހަރުގެ މެއި މަހާއި އަޅާ ބަލާއިރު އިންފްލޭޝަން 0.83 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އަގަށް އެއްމެ ބޮޑަށް ފާހަގަކޮށްލެވޭ ބަދަލުތައް އައިސްފައިވާ ބާވަތްތަކުގެ ތެރޭގައި ފަރުނީޗަރު ހިމެނެއެވެ.
އެގޮތުން ފަރުނީޗަރުގެ އަގު ވަނީ 15.68 ޕަސެންޓް އިތުރުވެފައެވެ. އޭގެ އިތުރުން ތަރުކާރީ އާއި މޭވާގެ އަގުވަނީ 5 ޕަސެންޓް އިތުރުވެފައެވެ.
މިއަހަރުގެ މެއި މަހާއި އަޅާބަލާއިރު ޖޫން މަހު އަގު ހެޔޮވެފައިވާ ބާވަތްތަކުގެ ތެރޭގައި ސައިކަލު ހިމެނެއެވެ. އެހެންނަމަވެސް އެއީ އެއްމެ 1.69 ޕަސެންޓެވެ. މީގެ އިތުރުން އިކުއިޕްމެންޓްސްގެ އަގު ވަނީ 3.79 ޕަސެންޓް ދަށް ވެފައެވެ.