20 Jul 2015, 13:46
އެސްޓީއޯގެ 137 ވަނަ ބޭސްފިހާރަ ލ. ގާދޫގައި ހުޅުވައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ގާދޫ ކައުންސިލުގެ ރައީސް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ އެސްޓީއޯގެ ބޭސްފިހާރައެއް އެ ރަށުގައި ހުޅުވާފައި ވަނީ ހޮނިހިރު ދުވަހު ކަމަށެވެ.
އެސްޓީއޯ އާއި ރަށުގެ ކައުންސިލުންނާ ގުޅިގެން ރަށުގައި ބޭސް ފިހާރަ ހިންގުމަށް ހަމަޖެހިފައިވާ އިރު އެ ބޭސްފިހާރަތަކުން ގިނަ ބޭސްތައް ލިބޭނެ އެވެ. އަދި އިތުރަށް ބޭނުންވާ ތަކެތި ފަހުން ގެންދާނެ އެވެ.
އެސްޓީއޯ އިން ދަނީ ރާއްޖޭގެ ރަށްރަށުގައި އާސަންދައިގެ ހިދުމަތް ފޯރުކޮށްދިމަށް ބޭސްފިހާރަތަށް ހުޅުވަމުންނެވެ. އެއަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހިލޭ ބޭސްފަރުވާ ދިނުމުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން އެސްޓީއޯ އާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.