20 Jul 2015, 12:35
ސެޕްޓެމްބަރު މަހު 30ގެ ކުރިން އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީއަށް މެންޑޭޓް ހަވާލުކޮށްފައިވީ ނަމަވެސް ފީފާއަށް އެޕްރޫވް ކުރުމަށް ހުށަހަޅާފައިވާ އެފްއޭއެމްގެ ގަވާއިދަށް އެޕްރޫވް ލިބުން ލަސްވާނަމަ އިންތިހާބު ސެޕްޓެމްބަރު މަހަށްވުރެ ފަސްކުރުމުގެ އިޝަރާތެއް ފީފާއިން ދީފައިވާ ކަމަށް އެފްއޭއެމްގެ ނޯމަލަިޒޭޝަން ކޮމިޓީން ބުނެފި އެވެ.
ބައްސާމް ވިދާޅުވީ އިންތިހާބުގެ މަސައްކަތްތައް ލަސްވަނީ ފިފާއަށް ހުށަހަޅާފައިވާ އެފްއޭއެމްގެ ގަވާއިދަށް އެޕްރޫވް ލިބުން ލަސްވާތީ ކަމަށާއި ނަމަވެސް މިއަދު ވެސް ފީފާގެ އެޕްރޫވް ލިބުނަށް ސެޕްޓޭމްބަރު 30 ކުރިން އިންތިހާބު ބޭއްވުމަށް ތައްޔަރީތައް ވާނެ ކަމަށެވެ.
ސަންއަށް ދެއްވި އިންޓަވިއުއެއްގައި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހު ތިން ވަނަ ދުވަހު ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމާ ހަވާލުވެ އެފްއޭއެމްގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހު އެޕްރޫވް ކުރުމަށް ފެބްރުއަރީ މަސް ތެރޭގައި ފީފާއަށް އާ ގަވައިދު ހުށަހަޅާފައިވާނެ ކަމަށެވެ.
އޭޕްރީލް މަސްތެރޭ ފީފައިން އެޕްރޫވްކޮށް ފޮނުވާނެ ކަމުގެ އިޝާރާތެއް ލިބިފައިވީ ނަމަވެސް އަދި މިހާތަނަށް އައިރުވެސް އެޕްރޫވް ކުރަން ފޮނުވި ގަވައިދު ނުލިބޭ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ބުނީ ގަވައިދު އެޕްރޫވް ލިބުން ލަސްވާތީ ފީފާއަށް ލިޔުމަކުން ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް ލަސްވަނީ ފީފާގެ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ބައްސާމް ވިދާޅުވީ އާގަވައިދު އެޕްރޫވް ލިބުމުން އެފްއޭއެމްގެ މެންބަރު ކުލަބުތަކާއެކު ބާއްވާ ކޮންގްރެސްއިން ފަސް ކުރުމަށްފަހު އިންތިހާބުގެ މުއްދަތު އިއުލާން ކުރާނެ ކަމަށެވެ.
އެފްއޭއެމްގެ އާ ގަވައިދުގައި އިންތިހާބުގައި ވާދަ ކުރަން ޖެހޭނީ ޓީމެއް ގޮތަށް މުޅި ބޯޑު އެކުގައި ކަމަށެވެ.