ސައުންޑްވޭވްސް ނުވަތަ އަލްޓްރާސައުންޑް ބޭނުންކޮށްގެން ހަމުގެ ޒަހަމްތައް ރަނގަޅުވުމަށް ހޭދަވާ ވަގުތު ކުޑަކޮށްދޭނެ ކަމަށް ރިސާޗަރުން ބުނެފި އެވެ.

މީދަލެއް ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކާގޮތުގައި ލޯ-އިންޓެންސިޓީގެ އަލްޓްރާސައުންޑް ބޭނުންކުރުމުގެ ސަބަބުން ހަންގަނޑުގައި ހުރި ޒަހަމްތައް ރަނގަޅުވުން 30 ޕަސެންޓް އަވަސްވެގެން ދާ ކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ.

ރިސާޗަރުން ބުނާ ގޮތުގައި އެ ޓެސްޓުތައް ހެދުމަށް ބޭނުންކޮށްފައިވަނީ ބަނޑުގައި އޮންނަ ތުއްތުކުއްޖަ ބެލުމަށް ބޭނުންކުރާ ތަކެތިކަމަށެވެ. ނަމަވެސް އެ އަލްޓްރާސައުންޑް ވޭވްސްގެ ވައިބްރޭޝަންގެ ސަބަބުން އެ ޒަހަމްތައް ރަނގަޅުކުރުމަށް ޕްރޮޓީން މަގެއް އެކްޓިވޭޓް ވެގެންދާ ކަމަށް ރިސާޗަރުން ބުންޏެވެ.

ބަލިވެފައިވާ މީދަލަށް އަލްޓްރާސައުންޑް ބޭނުންކޮށްގެން ފަރުވާ ދިނުމަށްފަހު ވަނީ އޭގެ ސިއްހަތު ރަނގަޅުކޮށްފައި ކަމަށް ވެސް ރިސާޗަރުން ބުންޏެވެ. ރިސާޗަރުން ދެކޭ ގޮތުގައި އަލްޓްރާސައުންޑް ބޭނުންކޮށްގެން އިންސާނުންނަށް ފަރުވާދޭން ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރުތެރޭ ފަށާނެ ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގައި އެ ހިދުމަތް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭނެ ކަމަށްވެސް ރިސާޗަރުން ވަނީ ބުނެފަ އެވެ.