ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަކަށް ހުންނެވި އިބްރާހިމް ޝަހީބް ފޮރިން މިނިސްޓްރީ އަށް ބަދަލު ކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބުދުއްސަމަދު މިރޭ ސަން އަށް ވިދާޅުވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ހުންނެވި ޝަހީބް ފޮރިން މިނިސްޓްރީގެ މަގާމަކަށް މިއަދު ބަދަލުކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބަދަލު ކުރެއްވީ ފޮރިން މިނިސްޓްރީގެ ކޮން މަގާމަކަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާ ބަދަލު ކުރެއްވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށެވެ.

ޝަހީބަކީ ކުރިން ވެސް ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.