19 Jul 2015, 15:09
އެޕަލް ކުންފުނިން މިއުޒިކަށް ލޯބި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ނެރުނު އައިޕޮޑް ނެނޯ އާއި އައޮޕޮޑް ޝަފްލް އަށް އެ ކުންފުނީގެ މިއުޒިކް ސްޓްރީމިންގެ ހިދުމަތް، އެޕަލް މިއުޒިކް އެއް ބޭނުމެއް ނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޕަލްގެ ބްލޮގެއް ކަމަށްވާ ނައިންޓުފައިވް އިން ބުނީ އެޕަލް އިން ތައާރަފުކުރި މިއުޒިކްގެ ހިދުމަތް އައިޕޮޑު ސީރީޒްގެ އުފެއްދުންތަކަށް ނުދިނުމަށް ނިންމާފައި ވަނީ ޕައިރެސީ ހުއްޓުވުމަށް ޓަކައި ކަމަށް އެބްލޮގުން ވަނީ ބުނެފަ އެވެ.
އެގޮތަށް ކަންތައް ކުރުމުން ސަބްސްކްރިޕްޝަން އުވާލާފައިވާ ފަރާތްތަކަށް އެއްވެސް ލަވައެއް ނުބެހެއްޓޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ. އެޕަލްގެ މިއުޒިކް ސަބްސްކްރިޕްޝަން އޯތެންޓިކޭޓް ކުރުމަށް ވައިފައި ބޭނުންވެ އެވެ. ނަމަވެސް އައިޕޮޑްއަކީ އޭގައި ވައިފައި އިން ދެ ޑިވައިސް އެއް ނޫނެވެ.
އެ ދެ އައިޕޮޑްގެ ތެރެއިން އައިޕޮޑް ނެނޯއެއް ބާޒާރުން ގަންނަން ލިބެން ހުންނާނީ 149 އެމެރިކާ ޑޮލަރަށެވެ. އަދި އައިޕޮޑް ޝަޕްލް ލިބެން ހުރީ 49 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް އެ ކުންފުނިން ނެރެފައިވާ 199 ޑޮލަރުގެ އައިޕޮޑަށް ވައިފައި ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސަބަބަކީ އެ އައިޕޮޑްގައި ވައިފައިގެ ހިދުމަތް ލިބޭތީ އެވެ.