ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރާ ފަރާތްތަކަށްދޭ އެވޯޑް ޓްރެވަލް ލައިފް ގޯލްޑް އެވޯޑް ކުރުނބާ މޯލްޑިވްސް ރިސޯޓަށް ލިބިއްޖެއެވެ.

އެ ރިސޯޓަށް އެ އެވޯޑް ލިބިފައި ވަނީ ހޮޓެލްސް އެންޑް އެކަމަޑޭޝަން ކެޓަގަރީން ނެވެ. މި އެވޯޑް ލިބުމަށްޓަކައި ޓްރެވަލް ލައިފުން ކަނޑައަޅާ 150 ކްރައިޓީރިއާ އެއް ފުރިހަމަ ކުރަންޖެހެއެވެ. އޭގެ ތެރޭގައި ފެން އިސްރާފުކުރާ މިންވަރު މަދު ކުރުމާއި ހަކަތަ ބޭނުންކުރާ ގޮތާއި މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ގޮތާއި ކުޑަކުދިންގެ ހައްގުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށްފައިވުން ހިމެނެއެވެ.

ކުރުނބާ މޯލްޑިވްސް އިން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި.

  • ރިސޯޓްގައި ބޭނުންކުރާ ބޮކިތައް ލެޑް ލައިޓްތަކަށް ބަދަލުކުރުން، އޭސީ ތައް އިންވާޓާ އޭސީ އަށް ބަދަލުކުުރުން، އިންޖީނުން އުފެދޭ ހޫނުން ހޫނު ފެން އުފެއްދުން

  • ކުނި މަދުކުރުމާއި ކުނި މެނޭޖްކުރާ ފެސިލިޓީސް ތައް ގާއިމުކުރުން
  • ގަވައިދުން ރިސޯޓްގެ ފަރު ސާފުކުރުން، އަދި އާތު އަވާ ޑޭ ފަދަ ދުވަސްތައް ފާހަގަކުރުމާއި އެފަދަ ހަރަކާތްތަކުގައި ފަތުރުވެރިން ބައިވެރިކުރުން
  • މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުމާއި ހަމަހަމަ ފުރުސަތުތަކެއް ދިނުން
  • ދަނޑުވެރިކަން ތަރައްގީކުރުމަށް އެހީތެރިވެދިނުން
  • ދިވެހި ސަގާފަތް ދިރުވަން މަސައްކަތްކުރުން

ކުރުނބާ އަށް ލިބުނު އެވޯޑާއި ބެހޭގޮތުން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ޖޭސަން ކުރޫސް ވިދާޅުވީ އެ ރިސޯޓްގެ ހުރިހާ މުވައްޒަފުން ވެސް ތިމާވެށްޓަށް ވަރަށް ސަމާލުކަން ދޭ ކަމަށެވެ.

" އަޅުގަނޑުމެން ޓީމްގެ މަސައްކަތުން މި އެވޯށް ލިބުނީމަ ވަރަށް ފަޚުރުވެރިވޭ" ޖޭސަން ވިދާޅުވިއެވެ.

1972ވަނަ އަހަރު ހުޅުވިގެން ދިޔަ ކުރުނބާ މޯލްޑިވްސް ރިސޯޓަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓެވެ.