ހަ ރޯދަ ނިމެންދެން ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓި ގަޑިތަކުގައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އެމިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރޯދަމަހަށް އިކޮނޮމިކް މިނިސްޓްރީ އިން ދިން ހުއްދައިގެ ދަށުން ފިހާރަތައް ރޭގަނޑު 11:00 ޖަހަންދެން އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ދަންވަރު 2:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

"އަޅުގަނޑުމެން އިއުލާން ކުރި ރޯދަމަސް ނިމެންދެން ގަޑިތައް އެޕްލައިވާނެ ހަ ރޯދަ ނިމެންދެން." ތައުފީގް ވިދާޅުވި އެވެ.

ހަ ރޯދަ ނިމުމުން އަންނަ ހުކުރު ދުވަހުން ފެށިގެން ފިހާރަތައް 10:00 ޖަހާއިރު އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން 12:00 ޖަހާއިރު ބަންދުކުރަން ޖެހޭނެ ކަމަށް ތައުފީގް ވިދާޅުވި އެވެ.