19 Jul 2015, 11:27
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ އަންހެން ވޮލީ ޓީމްވެސް ޓްރޭނިން ކޭމްޕަކަށް ތައިލެންޑަށް ފުރައިފިއެވެ.
ވޮލީ ބޯލް އެސޯސިއޭޝަންގެ އޮފިޝަލެއް ސަންއަށް ވިދާޅުވީ އަންހެން ޓީމް ތައިލެންޑްގައި އެގައުމުގެ އެންމެ މަތީފަންތީގެ ތިން ކުލަބަކާ ދެކޮޅަށް ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިއްޔެ ގައުމީ ފިރިހެން ވޮލީ ޓީމްވެސް ވަނީ ތައިލެންޑްގައި ކޭމްޕްކޮށްފައެވެ.
ދެޓީމްވެސް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހު 26 ވަނަ ދުވަހުއެވެ.
ރީޔޫނިއަންގައި އަންނަ މަހު 1 ން 8 ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގައި ގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ރީޔޫނިއަންއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 30 ވަނަ ދުވަހުއެވެ.