19 Jul 2015, 10:46
ސްޕެއިންނާއި ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާއަށް ރައީސްއަކު ހޮވުމަށް އިއްޔަ ބޭއްވި އިންތިހާބު އެކުލަބުގެ ވަގުތީ ރައީސް ޖޯސެފް މާރިއާ ބާޓޮމިއު ކާމިޔާބު ކުރައްވައިފި އެވެ.
ހަތަރު ކެނޑިޑޭޓުން ވާދަކުރި އިންތިހާބުގައި ބާޓޮމިއުއަށް ލިބިފައި ވަނީ 54.63 ޕަސެންޓެވެ. ބާޓޮމިއުއާއި އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ރައީސް ޖޯން ލަޕޯޓާއަށް ލިބިފައި ވަނީ 33.03 ޕަސެންޓެވެ. އޮގޮސްޓީ ބެނެޑިޓޯއަށް ލިބިފައި ވަނީ 7.16 ޕަސެންޓެވެ. ޓޯނީ ފްރައިހާއަށް ލިބިފައި ވަނީ 3.70 ޕަސެންޓެވެ.
އިންތިހާބުގައި ބާސާގެ 109،367 މެންބަރުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ އިރު 47،270 މީހުން ވަނީ ވޯޓް ލާފަ އެވެ.
ކޮންމެ ހަ އަހަރަކުން އެއް އަހަރު ރައީސްއަކު ހޮވުމަށް އިންތިޚާބު ބާއްވަން ހަމަޖެހިފައިވާއިރު މިއީ 2000 ވަނަ އަހަރުގެ ފަހުން ބާސާގައި ރައީސްއަކު ހޮވުމަށް ބޭއްވި ފުރަތަމަ އިންތިހާބެވެ.
އެމުއްދަތުގައި ވަގުތީ ރައީސްއެއްގެ މަސްއޫލިއްޔަތުގެ ހަބޭފުޅަކު ވަނީ ރައީސްކަމުގެ މަގާމު ފުރުއްވާފަ އެވެ.
ކުރިއަށް އޮތް ހަ އަރަށް ރައީސްކަމަށް އިންތިހާބުވި ބާޓޮމިއު ބާސާގެ ވަގުތީ ރައީސްކަމާ ހަވާލުވީ މިދިޔަ އަހަރު ޖަނަވަރީ މަހު 23 ވަނަ ދުވަހު އެވެ. އެއީ އޭރުގެ ވަގުތީ ރައީސް ސެންޑްރޯ ރޮސެލްގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ ރައީސް ކަމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
ފީފާގެ ބައެއް ގަވަިދުތަކާ ޚިލާފަށް ޢަމަލުކޮށްފައި ވާތީ ފީފައިން ޞާސާއާ ދެކޮޅަށް އެޅި ފިޔަވަޅުގައި އެޓީމަށް އިތުރު ކުޅުންތެރިޔަކު ނުގެނެވިދިޔަ އިރު، ބާޓޮމިއުގެ ދައުރުގައި ބާސާއިން ވަނީ ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގައި، ސްޕެނިޝް ކަޕް ކާމިޔަބުކޮށްފަ އެވެ.
އެހެންކަމުން ބާސާގެ މެންބަރުންގެ މެދުގައި ބާޓޮމިއު ފާހގަ ކުރެވިފައި ވަނީ ގޮންޖެހުން ބޮޑު ބަގުތުގައި ވެސް އުނދަގޫ ނިނުމުތަކެއް ނިންމައި އެނިމުންތަކުގެ މައްޗަށް ކުލަބު ކާމިޔާބާއި ހަމަޔަށް ގެންގޮސްދިން ފިޔަވަޅުތަކެއް އެލުއްވި ރައީސްއެއްގެ ގޮތުގަ އެވެ.