08 Mar 2011, 13:58
ރާއްޖޭގައި ޕަބްލިކް ހެލްތްގެ މަސައްކަތްތައް ލާމަރްކަޒީ އުޞޫލުން ފެށުމުގެ މަޝްވަރާތައް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފައްޓަވައިފި އެވެ.
މިމަޝްވަރާތައް ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންނާއެކު ރައީސް ބޭއްވެވީ، މިއަދު ހެނދުނު ހެލްތު މިނިސްޓްރީއަށް އެމަނިކުފާނު ވަޑައިގެން މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރައްވަ އެވެ.
ރައީސްގެ ބޭއްވެވި މަޝްވަރާތަކުގައި ރާއްޖޭގެ ޤައުމީ ހަތް އިދާރާއެއްގައި ޕަބްލިކް ހެލްތްގެ މަސައްކަތްތައް، ފެށުމަށް އެ އިދާރާތަކުގައި ޕަބްލިކް ހެލްތް ސްޕެޝަލިސްޓުން ބޭތިއްބެވުމާ ބެހޭގޮތުންނާއި، ރަށްރަށުގައި ޢާންމުކޮށް، ވަކި އާދައެއްގެ މަތިން ކުރެވެންހުރި ކަންކަން ކުރެއްވުމާ ބެހޭގޮތުން ރައީސް މަޝްވަރާ ކުރެއްވިއެވެ.
ޕަބްލިކް ހެލްތްގެ ދާއިރާގެ ބޭފުޅުން، ރަށްރަށުގައި ދޮރުން ދޮރަށް ކޮންމެ މަހަކު، ކޮންމެ މީހަކާ ގުޅޭގޮތުން ޞިއްޙީ ގޮތުން ބަލަންޖެހޭ ތަފާސް ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމާ ބެހޭގޮތުންވެސް ރައީސް މަޝްވަރާ ކުރެއްވިއެވެ.