18 Jul 2015, 23:47
ކްރިކެޓް ބޯޑުން މިދިޔަ ރަމަޟާން މަހު ކުރިއަށް ގެންދިޔަ ކޯސްޓް ރަމަޟާން ކްރިކެޓް ކާނިވަލްގައި ކުންފުނިތަކުގެ މުބާރާތުގެ ފައިނަލްގައި ޕޭން އޯޝަން ހަ ވިކެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އޯސީސީ ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފަައިނަލް މެޗްގައި ޕޭން އޯޝަން ކުޅެން އަރައި ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 100 ލަނޑު ހަދާފައެވެ.
ޕޭން އޯޝަންއިން ކުޅުންތެރިއަކު ވަނީ 24 ބޯޅައިން 39 ލަނޑު ހަދާފައެވެ.
ޖަވާބުގައި އޯސީސީއިން ކުޅެން އަރައި 7.1 އޯވަރުގައި 2 ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ގިނަ ލަނޑު ހަދާފައިވަނީ 14 ބޯޅައިން 33 ލަނޑު ހެދި ޕިޔަލްއެވެ.
މުބާރާޓުގެ ޗެމްޕިއަން ޓީމަށް އިނާމު ދެއްވީ ބީއެޗްއެމްގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިބްރާހިމް ޝަރީފެވެ.