18 Jul 2015, 22:04
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކާރުކޮޅަށް ބަޔަކު މީހުން ގެއްލުން ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުރުގާނު މިސްކިތު ފުރަގަހުގައި އޮންނަ ގޯޅިގަނޑުތެރޭގައި ޕާކްކޮށްފައިވާ ކާރަކަށް ގެއްލުންތަކެއް ދީފައިވާ މައްސަލައެއް މިއަދު ހަވީރު 6:40 ކަންހާއިރު އާންމު ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމާށެވެ.
އިލްހާމްގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ، "އިލްހާމްގެ ކާރަށް ގެއްލުންދީފައިވާ ވަކި ވަގުތެއް ބުނާކަށް ނޭނގެ. އެހެން ނަމަވެސް ކާރުގެ އެއްފަރާތު އަރިމައްޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީ ބަނޑިކޮށްލާފައި،" ކަމަށެވެ.
ފުރުގާނު މިސްކިތްކައިރީ ގޯޅިގަނޑެއްގެ ތެރޭގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުންތަކެއް ދީފައިވާ މައްސަލައެއް އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.