ސްރީލަންކާގެ ސަބަރާގަމުވާ ޕްރޮވިންސްގެ ޗީފް މިނިސްޓަރު މަހީޕަލާ ހެރަތު އަށް ފުލުހުން ދީފައިވާ ސިކިއުރިޓީ ވެހިކަލް ވަގަށް ނަގައިފި އެވެ.

ސްރީލަންކާގެ ނޫސްތަކުން މިއަދު ބުނީ އިދިކޮޅު ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް ްއެލަޔަންސް ޕާޓީ އަށް ނިސްބަތްވާ ޗީފް މިނިސްޓަރު މިއަދު ފުލުހުނަށް ގުޅުއްވައި އޭނާގެ ބެކަޕް ވެހިކަލް ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"ދަ ޗީފް މިނިސްޓަރު މިއަދު ސުޕްރީމްޑެންޓެޑް އަށް ގުޅުއްވައި އޭނާގެ ގޭގައި ޕާކްކޮށްފައި އޮތް ވެހިކަލް ހެނދުނު ހޭލި އިރު ނެތް ކަމަށް ވަނީ ރިޕޯޓްކޮށްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޗީފް މިނިސްޓަރުގެ ވެހިކަލް ގެއްލުނު އިރު، ކެނަބިސްތަކެއް ލޯޑްކޮށްގެން ދިޔަ ޓޮޔާޓާ ވެހިކަލެއް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. ބެލެވޭ ގޮތުގައި ޑްރަގް ޑީލް ކުރާ ބަޔަކު ވަނީ އެ ވެހިކަލް ވަގަށް ނަގައިފަ އެވެ.

ސްރީލަންކާގެ އެކޮނަމީ ނެކްސްޓުން ބުނީ އެ ވިހިކަލުން 3.5 ކިލޯގެ ގަންޖާ އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ޗީފް މިނިސްޓަރުގެ ކާރުގެ ދައުރެއް އޮތަސް އަދި ނެތަސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ވެހިކަލް ގެެއްލުމަކީ ސީރިއަސް ސިކިއުރިޓީ ފޭލިވުމެއް ކަމަށެވެ.