10:00


އައްޑުއަތޮޅު ހެރެތެރެ ރިސޯޓް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށް، ބޭރުގެ ދެ ފަރާތަކުން ބިޑް ހުށަހަޅައިފި އެވެ.


އެމްޓީޑީސީން ބުނީ ހެރެތެރެ ރިސޯޓް އެކުންފުންޏާ ގުޅިގެން ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ދެވުނު ފުރުސަތުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ދެ ފަރާތަކުން ބިޑް ހުށަހަޅައިފައިވާ ކަމަށެވެ. އެ ދެފަރާތަކީ ސިންގަޕޯރގެ ކުންފުންޏަކާއި ތައިލޭންޑްގެ ކުންފުންޏެއް ކަމަށްވެސް އެމްޓީޑީސީން ބުނެ އެވެ. އަދި އެ ދެކުންފުނިން ހުށަހަޅައިފައިވާ ބިޑްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްޓީޑީސީން ބުނެ އެވެ.


އައްޑޫ އަތޮޅު ހެރެތެރެ ރިސޯޓް އެންމެ ފުރަތަމަ އެމްޓީޑީސީއާ ގުޅިގެން ހިންގާފައިވަނީ ޔޮޓް ޓުވާސްގެ ފަރާތުންނެވެ. އެހެންނަމަވެސް އެ ދެ ފަރާތުންވެސް އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން، އެމައްސަލަ ކޯޓް މަރުހަލާފައި ވަނިކޮށް ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން އެ ދެފަރާތުންވެސް ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފަ އެވެ.